މަސްތުވާތަކެއްޗާ އެކު ވިލިމާލޭން ފިލްމީ ތަރިންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ވިލިމާލޭގައި މިހާރު ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނޭ،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތާއި އެ ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރު އަހްމަދު އަޒްމީލް (އަޒޭ) ވެސް ހިމެނެއެވެ.