ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ކާވާ މެންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެމެޗުންވެސް ބަލިވެއްޖެއެވެ.
ކާވާ ފިރިހެން ވޮލީ މުބާރާތް ބަންގްލަދޭޝްގައި ކުރިއަށްދާނީ މިމަހު 22 އިން ފެށިގެން 28 ވަނަ ދުވަހާ ހަމައަށެވެ. މިއަހަރުގެ ކާވާ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާ ހޯސްޓް ބަންގްލަދޭޝްއާއި ސްރީ ލަންކާގެ އިތުރުން އަފްގާނިސްތާން އަދި ތުރުކެމެނިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ފޯމެޓް އޮތް ގޮތުން، ފުރަތަމަ ލީގު ބުރެއް ކުޅުމަށްފަހު އެއްވަނަ އާއި ދެވަނައިގެ މެދުގައި ރަން މެޑަލް ލިބޭ ގޮތަށް ފައިނަލް މެޗެއް ކުޅޭނެއެވެ. ދެން އޮންނާނީ ތިން ވަނައާއި ހަތަރުވަނަ ބައްދަލުކުރާ ލޯ މެޑަލް މެޗެވެ. އަދި، ފަސްވަނަ އާއި ހަވަނަ ކުޅޭނީ ރޭންކިން މެޗެކެވެ.
މިހާތަނަށް ރާއްޖެއިން ދެމެޗު ކުޅެފައިވާ އިރު، އެ ދެމެޗުންވެސް ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކައިރިން ސެޓުތައް ގެއްލުނީ 25-21، 25-13 އަދި 25-21 އިންނެވެ.
ދެވަނަ މެޗުގައި ރާއްޖެއިން އަފްގާނިސްތާން ކައިރިންވެސް ތިން ސެޓުން ބަލިވެފައިވާ އިރު، އަފްގާނިސްތާން ކައިރިން ސެޓުތައް ދިޔައީ 25-17، 25-20 އަދި 25-12 އިންނެވެ.
މުބާރާތުގައި ރާއްޖެއަށް މިއަދު އޮންނާނީ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް