ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތަށް ހައްޔަރުކުރި ދިވެހި ޓީޗަރުގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެ މައްސަލައިގައި ތުހުމަތުވާ ފަރާތަކީ އުމުރުން 46 އަަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ.

އެނގިފައިވާ ގޮތުގައި އެ މީހާއަށް ތުހުމަތުކުރަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ. އެނގިފައިވާ ގޮތުގައި އެ މީހާ، ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ކުއްޖާ ދިރިއުޅޭ ގޭގައެވެ.

އެ ޓީޗަރު އެ ގެއަށް ދިޔައީ ކުއްޖާއަށް ޓިއުޝަން ދިނުމަށްކަމަށް އެނގިފައިވެއެވެ.