ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އަހްމަދު ނައީމް ކިޔާ މީހަކަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނަ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުުރުމުގެ ގާނޫނުގެ ދަށުން، ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި ދައުވާއާއެކު ތިން ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް ކުރިއެވެ.
އޭގެ ތެރޭގައި ދެން ހިމެނެނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ދެ ދައުވާއެވެ.
ނަމަވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދެ ދައުވާވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް