ލ. ކަލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކަލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަލައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކަލައިދޫ ބަނދަރު ތަރައްގީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 74.95 މިލިއަން ރުފިޔާއަށް، 540 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައްް:

  • 38،137 މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުން.
  • 10،728 މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުން.
  • 230،010 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
  • 312 މީޓަރުގެ ސަރަހައްދެއްގައި އެއްތަމުތޮށިލުން.
  • 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން.
  • 99 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުން.
  • 72 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުން.
  • 64 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
  • 41 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
  • 2195 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
  • ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކުރުން.