ރޭ ފަތިހު މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެއިން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ރޭ ފަތިހު 4:44 ގައި ކޯސްގާޑު މީޑިއާއިން ބުނިގޮތުގައި ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެކެވެ. އެއިން ހަތް މީހަކު ދަތުރުކުރިއެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށާއި އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވައި ކަމަށެވެ. އަނެއް ދެމީހުން އަދި ނުފެންނަ ކަމަށްވެސް ބުންޏެވެ.
މެރިން ފުލުހުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު ކަނޑު އަޑިން ނަގާފައިވާ ކަމަށެވެ.
ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް