ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރޭ ޕޯޗުގަލްއިން ކުޅުނު މެޗުގައި ހަންގޭރީއާ އެއްވަރު ވެއްޖެއެވެ.
ރޭ ގްރޫޕް އެފްގައި ކުޅުނު މެޗުން މޮޅުވެ، ޕޯޗުގަލްއަށް އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ޔަގީން ކުރެވެން އޮތް ނަމަވެސް، އެ ފުރުސަތު ގެއްލުނީ ފަހުވަގުތު ހަންގޭރީން ޖެހި ގޯލުންނެވެ.
ރޭ ޕޯޗުގަލްގައި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ޕޯޗުގަލް ގްރޫޕްގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. ހަންގޭރީ ދެވަނައިގައި އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓާއެކުގައެވެ. އަޔަލޭންޑަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުގައި ހިމެނޭ އަރްމޭނިއާ ވަނީ އެއް މެޗުން މޮޅުވެފައެވެ.
މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ ހަންގޭރީންނެވެ. އެ ގޯލް ޖަހައިދިނީ އަޓީލާ ޒަލާއީއެވެ. އެއީ އޭނާ ގައުމީ ޓީމަށް ޖެހި ފުރަތަމަ ގޯލެވެ.
އޭގެފަހުން އުމުރުން 40 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްއަށް އެއްވަރުކޮށްދީ ރެކޯޑު ހެދިއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރޮނާލްޑޯ ޖެހި 40 ވަނަ ގޯލާއެކު އޭނާ ވެގެން ގޮސްފައި ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށެވެ.
އޭގެފަހުން ރޮނާލްޑޯ ކޮލިފިކޭޝަންގައި ޖެހި 41 ވަނަ ގޯލާއެކު ޕޯޗުގަލްއިން މެޗުގެ ނަތީޖާ އަނބުރާލި ނަމަވެސް، އެންމެފަހު މިނެޓުގައި ޑޮމިނިކް ޒޮބޮސްލާއީ ވަނީ މެޗު އެއްވަރުކޮށްފައެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން