ށ. ފީވަކު ސްކޫލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފީވަކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ސްކޫލު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މިނިސްޓަރުގެ އަރިހުގައި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދާއި ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަން އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 58.89 މިލިއަން ރުފިޔާއަށް 540 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 6997 އަކަފޫޓުގެ ސަރަހައްދެއްގައި 19 ކްލާސްރޫމް ހިމެނޭހެން ތިން ފްލޯގެ އިމާރާތެއް ގާއިމުކުރުން.
- 4736 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯއަށް އޮފީސް އިމާރާތެއް ގާއިމުކުރުން.
- 8719 ފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯގެ މަލްޓިޕޯޕަސް ހޯލެއް ގާއިމުކުރުން.
- 97 އަކަފޫޓުގެ ސަހަރައްދެއްގައި އެއް ފަންގިފިލާގެ ސެކިއުރިޓީ ރޫމެއްް ގާއިމުކުރުން.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ