ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސްއަށް އަނިޔާވެ، އިންގްލެންޑް ސްކޮޑުގެ އެ ޖާގައަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ނިކޯ އޮރައިލީއަށް ފުރުސަތު ދީފިއެވެ.
އިންގްލެންޑް ސްކޮޑަށް ނެގިފަހުން ޖޭމްސްއަށް އަނިޔާވީ ޗެލްސީން އެންމެފަހުން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވި މެޗުގައެވެ.
ޖޭމްސްގެ އަނިޔާއާ ގުޅިގެން ނޫސްތަކުން ބުނީ، އެހާ ސީރިއަސް އަނިޔާއެއް ނޫން ނަމަވެސް އޭނާއަށް ރެސްޓެއް ބޭނުންވާ ކަމަށެވެ. މިިދިޔަ ސީޒަނުގެ ބޮޑުބައެއްގައިވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވި ޖޭމްސްގެ ފިޓްނަސްއަށް ބަލައިގެން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އޭނާ ބޭނުންކުރަމުންދާ އިރު، މިފަހަރު ލިބުނީ ތަފާތު އަނިޔާއެކެވެ.
ނޫސްތައް ބުނެފައިވާ ގޮތުގައި ލިވަޕޫލް ކުޅުންތެރިއެއްގެ ބޫޓު އުންތަކުން ޖެހި، ޖޭމްސްގެ ފައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ޖޭމްސްގެ ބަދަލުގައި ސްކޮަޑަށް ނެގި އޮރައިލީއަށް މިއީ ސީނިއާ ޓީމަށް ފުރަތަމަ މެޗު ކުޅެން ލިބޭ ފުރުސަތެކެވެ. މީގެ ކުރިން އިންގްލެންޑްގެ އުމުރުފުރާ ޓީމުތަކަށް ކުޅުނު އޮރައިލީއަށް މިއީ ގައުމީ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރުވެސް މެއެވެ.
އުމުރުން 20 އަހަރުގެ އޮަރައިލީއާއެކު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ތައްޔާރު ވަނީ ވޭލްސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި، ލެޓްވިއާއާ ދެކޮޅަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް