ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ގާނޫނާހިލާފު ހުކުމެއް ކަމަށް ބަލާނެ ތަނެއް ނެތްކަަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު މުހައްމަދު ނާފިއު ކިޔާ މީހަކު، އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި ކުޑަކުއްޖެއް، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައިވާތީ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ނާފިއުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، އެ މައްސަލަ ނާފިއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ނަމަވެސް ހައިކޯޓުން ހުކުމްކުރީ ކުރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ.

މިއަދު ސުޕްރީމް ކޯޓުން ހުކުމްކުރީ، ހައިކޯޓުގެ ހުކުްމާ މެދު ހިތްހަމަ ނުޖެހިގެން، ކުރިމިނަލް ކޯޓުގެ ހުކުމް ގާނޫނާހިލާފު ކަމަށްބުނެ އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ނާފިއުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައަށެވެ.