އަނގައިގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހާ ރާއްޖެއިން ބޭރުން އައިއިރު އޭނާގެ އަނގައިގެ ތެރޭގައި ފޮރުވައިގެން ގެނެސްފައިވާ މަސްތުވާތަކެތީގެ ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު، މުހީން އިބްރާހިމް ދީދީއެވެ.
މިކަން ހިންގާފައިވާގޮތަށް ބަލާއިރު، މިއީ ގިނަ އަދަދަކަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ބޭނުމުގައި ޓެސްޓަކަށް ކުރިކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފެނުނު މަސްތުވާތަކެތީގެ ބަރުދަން ލުއި ނަމަވެސ،ް އޭނާ ބަންދުން ދޫކޮށްލައިފިނަމަ މިފަދަ ކުށެއް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަނދު ކުރުމަށް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.
އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އޭނާ ވަނީ ކުށަށް އިއުތިރާފްވެ ތަހުގީގަށް ބަޔާންވެސް ދީފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު