ފްރާންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީން ރޭ ކުޅުނު މެޗުގައި އޯކްސޭ ބަލިކޮށްފިއެވެ.
ރޭގެ ލީގު މެޗަށް ޕީއެސްޖީން ނުކުތީ އެންމެފަހުން ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކުޅުނު މެޗުގައި މާސޭ ކައިރިން 1-0 އިން ބަލިވެފައި އޮވެގެންނެވެ. އެއީ މި ސީޒަނުގައި އެޓީމަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ.
އެ ބަލި ހަނދާން ނައްތާލައި، ޕީއެސްޖީން ރޭ އޯކްސޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން 15 ޕޮއިންޓާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑެއްގައެވެ. މާސޭއާއި މޮނާކޯ، ލިޔޯން އަދި ސްޓްރަސްބާގަށްވެސް ފަސް މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ.
މެޗުގެ ކުރީކޮޅުގައިވެސް ޕީއެސްޖީން ނުރައްކާ ކޮށްފައިވާ އިރު، ކަވީޗާ ކަވަރަޝްޝޭލިއާއާއި ލީ ކޭންގް-އިން ހަމަލާތައް މަތަކުރީ އޯކްސީގެ ކީޕަރު ޑޮނޮވަން ލެއޯންއެވެ.
އޭގެ އިރުކޮޅެއްފަހުން ވިޓީނިއާ ނަގައިދިން ބޯޅައެއްގައި ޔޫކްރޭންގެ ޑިފެންޑަރު އިލިއާ ޒަބާންޔާ ޕީއެސްޖީއަށް ލީޑު ނަގައިދިނީ 32 ވަނަ މިނެޓުގައެވެ.
އޭގެފަހުން ދެވަނަ ހާފުގައި ބްރެޑްލީ ބާކޯލާ ޕީއެސްޖީއަށް ދެވަނަ ގޯލެއް ޖަހައިދިން އިރު، އޭގެފަހުން އަޝްރަފް ހަކީމީ ފޮނުވާލި ހަމަލާއެއްވެސް ގޯލަށް ވައްދާލިއެވެ. އެހެން ނަމަވެސް، ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ ހަކީމީ އޮފްސައިޑްގައި އޮވެ ބޯޅައަށް މަސައްކަތް ކުރުމުންނެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ