ތ. ތިމަރަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ތިމަރަފުއްޓަށް ވަޑައިގެން ބޭއްވި ރައްމިއްޔާތެއްގައެވެ.
އެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 113.56 މިލިއަން ރުފިޔާއަށް 540 ދުވަހުގެތެރޭ ނިންމައި ހަވާލުކުރާގޮތަށެވެ.
3000 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުއްޓަކީ ވިޔަފާރިވެރިން ގިނަ، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށެކެވެ.
"މިހާރު އޮންނަ ބަނދަރު ޖާގަ ކުޑަވުމާ ގުޅިގެން މުދާއުފުލާ ބަރުކުރުމާއި ރަށަށް އަރައި ފޭބުމުގައި ރައްޔިތުންނަށް ދަނީ ދަތިތައް ދިމާވަމުން. ބަނދަރު ތަރައްގީގެ މަޝްރޫއު ނިމުމާއެކު ރަށު ރައްޔިތުން އެދޭފަދަ، ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރަން،" އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 71،902 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން.
- 644 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށިލުން.
- 203.50 މީޓަރުގެ ބޭރުތޮއްޓެއްލުން.
- 543 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
- 92 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
- 3200 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
- 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުން.
- ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް.
ފާތިމަތު ލިއުޝާ
ރ. ތިމަރަފުށި
ރ. ތިމަރަފުށި
ރ. ތިމަރަފުށި
ރ. ތިމަރަފުށި