ގެއެއްގައި ހުރި ހިކި ދުންފަތްތަކެއް ދިރިއުޅޭ ގެއިން ވަގަށް ނެގި މީހަކު ޖަލަށްލާން ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ޖަލަށްލާން ހުކުމް ކުރީ ތ. ތިމަރަފުށީ، ފަތިސް އަލިވާގެ، އަލާއު އަލީގެ މައްޗަށެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ދައުވާ ދައުލަތުން ކުރީ، މިދިޔަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު، އޭނާ ދިރިއުޅޭ ގެ ކަމުގައިވާ ތ. ތިމަރަފުށި ފަތިސް އަލިވާ ގޭގައި ބަހައްޓާފައި ހުރި ހިކި ދުންފަތްތަކެއް ވަގަށް ނަގައިގެންނެވެ.
މި މައްސަލައިގައި ބަދަލުގެ ގޮތުގައި 400 ރުފިޔާ އޭނާގެ އަތުން ނަގައިދިނުމަށްވެސް ދައުލަތުން އެދުނެވެ.
ދައުވާކުރުމުން ޝަރީއަތުގެ މަޖިލީހުގައި އަލާއު އަލީ ވަނީ ހިކި ދުންފަތްތަކެއް ވަގަށްނެގި ކަމަށް އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އެއްބަސްވާކަމަށް ބުނެފައެވެ.
އެހެންކަމުން އޭނާގެ އަމިއްލަ އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ މަހާއި ހަތަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައިގައި މި ދައުވާގައި ގެއްލުން ލިބުނު ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 400 ރުފިޔާ، ތ. ތިމަރަފުށީ، ވާރޭވިލާ، އިބްރާހިމް މުހައްމަދަށް ދެއްކުމަށްވެސް އޭނާ ވަނީ އެއްބަސްްވެފައެވެ.
އިބްރާހިމް ޒަކީ
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ކޮމެންޓް