އަންހެނުންގެ އެކައުންޓުން ފައިސާ ނެގި މީހަކު ޖަލަށްލާން ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އެ ކޯޓުން ޖަލަށްލާން ހުކުމް ކުރީ، ތިމަރަފުށީ، ލުނބޯމާގޭ، މުހައްމަދު މޫސާގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރީ ވައްކަން ކުރުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް މި ދައުވާކުރީ، މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އެކި ފަހަރުމަތިން އޭނާގެ އަންހެނުން ތިމަފުށި، ކަށިކެޔޮމާގެ، ފާތިމަތު މިޒުނާގެ ބޭންކް އޮފް މޯލްޑިވްސްގައި ހުލުވާފައިވާ އެކައުންޓުން 8150 ރުފިޔާ ވަގަށް ނަގާފައިވާތީއެވެ.
ޝަރީއަތުގައި އޭނާގެ މައްޗަށް ކުރި ދައުވާއަށް މުހައްމަދު މޫސާ ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަތް މަހާއި ތިން ދުވަހުގެ މުއްދަތަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރ. ތިމަރަފުށި
ރ. ތިމަރަފުށި
ރ. ތިމަރަފުށި
ރ. ތިމަރަފުށި
ކޮމެންޓް