ޔޫރަޕްގެ އިތުރުން ފްރާންސްގެ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން ރޭ ލީގުގައި ކުޅުނު މެޗުގައި އާރްސީ ލެންސް ކައިރިންވެސް މުހިއްމު މޮޅެއް ހޯދައިފިއެވެ.
ޕީއެސްޖީން އަމިއްލަ ދަނޑުގައި ރޭ 2-0 ގެ މޮޅެއް ހޯދި އިރު، މިހާތަނަށް ސީޒަނުގެ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ހަތަރު މެޗުން 12 ޕޮއިންޓާއެކު ޕީއެސްޖީ މިވަގުތު އެއްވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި އޮތް ލިލްއަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ 15 މިނެޓުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، 15 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ޕީއެސްޖީއަށް ގޯލު ހުޅުވާލަ ދިނެވެ. އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާ އޭނާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
އޭގެފަހުން ޕީއެސްޖީން މެޗު ކޮންޓްރޯލް ކުރަމުން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި ދިމާވި މާޔޫސްކަމަކީ ހަވީޗާ ކަވަރަޓްޝޭލިއާއަށް އަނިޔާވެ ބާލަން ޖެހުމެވެ.
ހާފުގެ ފަހު ކޮޅުގައި ލެންސުން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ދެވަނަ ހާފު ފެށިގެން ހަ މިނެޓް ހިނގިތަނާ ބާކޯލާ ވަނީ އިތުރު ގޯލެއް ޖަހައި ޕީއެސްޖީއަށް މޮޅު ޔަގީންކޮށްދީފައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ