ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާއާއި ބްރެޒިލުންވެސް ކުޅުނު ފަހު މެޗުތަކުން މޮޅުވެއްޖެއެވެ.
ރޭގެ މެޗުތަކަށް ނުކުތްއިރުވެސް އާޖެންޓީނާއާއި ބްރެޒިލް އޮތީ ކުރިއަށް އޮތް ވޯލްޑް ކަޕް 2026 ގެ ކޮލިފިކޭޝަން ޔަގީންކޮށްފައެވެ. އެހެންކަމުން ދެޓީމުންވެސް މެޗަށް ނުކުތީ ބައެއް ބަދަލުތަކާއެކުގައެވެ.
އާޖެންޓީނާއިން ރޭ ނެރުނު ޓީމުގައި ލިއޮނަލް މެސީ ހިމަނާފައި ނުވާ އިރު، އެންމެފަހުން ހޯމްގައި ކުޅުނު ކޮލިފިކޭޝަން މެޗުގައި ސަޕޯޓަރުން ވަނީ އޭނާއަށް ހާއްސަ އަލްވަދާއެއް ކިޔައިފައެވެ. އެއީ މެސީ، ހޯމްގައި ކުޅުނު އެންމެފަހު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށް ވާތީއެވެ.
ކޮލިފިކޭޝަން ބުރުގެ އެއްވަނަ ޔަގީންކޮށްފައި އޮތް އާޖެންޓީނާއިން ރޭ ރަށުން ބޭރުގައި އެކުއެޑޯ ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއަށް ރަތް ކާޑު ދެއްކުނުން، އެޓީމަށް މެޗު އުނދަގޫވެގެން ދިޔަ އިރު، ހާފު ނިމެން ދަނިކޮށް އެކުއެޑޯއަށް ލީޑު ނަގައިދިނީ އެނާ ވެލެންސިއާއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އެކުއެޑޯގެ ޗެލްސީ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯއަށް ރަތް ކާޑު ދައްކާފައިވާ އިރު، މެޗު ނިމުނީ ހަނި ފަރަގަކުން އެކުއެޑޯ މޮޅުވެގެންނެވެ.
ރޭގެ މެޗަށް ނުކުތްއިރު، ތާވަލުގެ ދެވަނައިގައި އެކުއެޑޯވެސް އޮތީ ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ.
ބްރެޒިލުން ރޭ ބޮލީވިއާއާ ދެކޮޅަށް ނުކުތް އިރު، އެ މެޗުން ބޮލީވިއާ މޮޅުވީ 1-0 އިންނެވެ.
ބޮލީވިއާގައި ކުޅުނު މެޗަކީ އެގައުމަށް މުހިއްމުވެސް މެޗެކެވެ. ބޮލީވިއާއިން ރޭ ހޯދި މޮޅާއެކު އެޓީމަށް ވަނީ ކޮލިފިކޭޝަން ޕްލޭ އޮފްއިން ޖާގަ ލިބިފައެވެ.
ކާލޯ އެންޗެލޮޓީގެ ބްރެޒިލް ކޮޅަށް ރޭ ބޮލީވިއާއިން ޖެހި ހަމައެކަނި ގޯލު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ މިގޭލް ޓެރްސެރޯސްއެވެ. އެއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން