ކ. ތިލަފުށި އިންޓަގްރޭޓެޑް ލޮޖިސްޓިކްސް ޓާމިނަލްގެ ފޭސް އެކެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން އަންނަ އެ މަޝްރޫއު ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، ފުރަތަމަ މަރުހަލާގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލް ތަރައްގީ ކުރަނީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ޖާގައިގެ ދަތިކަމަށް ދިގު މުއްދަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އިތުރު 15 މީޓަރުގެ ކުއޭ ވޯލް އެޅުމާއި ދަނޑު އެއްވަރު ކުރުމުގެ މަސައްކަތެވެ. އެމްޓީސީސީގެ މަސައްކަތަށްފަހު އެމްޕީއެލުން ތިލަފުށީގައި ވޯކްޝޮޕްތަކާއި އޮފީސް އިމާރާތްތަކާއި ލައިޓިން އިންފްރާސްޓްރަކްޗާ ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި ޑިވެލޮޕްމަންޓް ޕްލޭންގައި ހިމެނެނީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. އާ ބަނދަރު މުޅިން ހިންގަން ފެށުމުން މިހާރު ހުރި ހުޅުމާލޭ ބަނދަރު ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ބަދަލުކުރެވޭނެ އެވެ. މީގެ އިތުރުން ނޯތު ހާބަރާއި ޓީ ޖެޓީ ފެސިލިޓީވެސް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ޓާމިނަލްގެ ދެ ފިޔަވަހި ނިމުމުން މިހާރު ހުރި ފެސިލިޓީތަކުގެ ތޮއްޖެހުން ކުޑަވެ، ކާގޯ ކްލިއަރެންސް އެފިޝިއެންސީ ރަނގަޅުވެ، މާލެ އާއި ހުޅުމާލެ ބަނދަރުގައި ޒަމާނުއްސުރެ ދިމާވެފައިވާ ޖާގައިގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެއެެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ