ޗެލްސީންވެސް ހޯދަން މަސައްކަތް ކުރި ޒަވީ ސިމޮންސް، ޓޮޓެންހަމްއަށް ސޮއިކޮށްފިއެވެ.
އާރްބީ ލެއިޕްޒިގް ދޫކޮށް، ސިމޮންސް ޓޮޓެންހަމްއާ ގުޅިފައި ވަނީ 51.8 މިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 22 އަހަރުގެ ސިމޮންސް ހޯދަން ޔޫރަޕްގެ ގިނަ ކްލަބުތަކަކުން މަސައްކަތް ކޮށްފައިވާ އިރު، އޭނާގެ ޓްރާންސްފާއަށް އިނގިރޭސިވިލާތަށް ދިޔައިރުވެސް ޗެލްސީންވެސް ދިޔައީ ހޯދަން މަސައްކަތް ކުރަމުންނެވެ.
ސިމޮންސް ޖަރުމަނު ލީގުގެ ލެއިޕްޒިގަށް ދިޔައީ 2023 ވަނަ އަހަރު، ޕީއެސްޖީންނެވެ. އޭނާ ލެއިޕްޒިގަށް ފުރަތަމަ ދިޔައީ ލޯނެއްގައި ނަމަވެސް، އެ ޓްރާންސްފާ ދާއިމީ ކުރީ ޖެނުއަރީ މަހުގައެވެ.
ލެއިޕްޒިގަށް ބަދަލުވިފަހުން ސިމޮންސް ވަނީ 22 ގޯލު ޖަހައި 24 އެސިސްޓް ފުރިހަމަކޮށްފައެވެ. އެއީ 78 މެޗު ކުޅެގެންނެވެ.
ޓޮޓެންހަމްއަށް ސޮއިކުރުމަށްފަހު ސިމޮންސް ބުނީ އެ ކްލަބަކީ ވަރުގަދަ ކްލަބެއް ކަމަށާއި، އާ ކޯޗު ތޯމަސް ފްރޭންކަކީ ވަރަށް ވަރުގަދަ ކޯޗެއް ކަމަށެވެ. އޭގެ އިތުރުން ސިމޮންސް ބުނީ އެ ކްލަބާ ގުޅުމަކީ އުންމީދެއް ހާސިލުވި ކަމެއް ކަމަށެވެ.
ސިމޮންސް މިހާތަނަށް ނެދަލޭންޑްސް ގައުމީ ޓީމަށް 28 މެޗު ކުޅެދީފައެވެ. އޭނާ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ ގަތަރު ވޯލްޑް ކަޕްގައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް