ދުނިޔޭ ފުޓުބޯޅައިގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު، ފްލުމިނެންސޭގެ ގޯލްކީޕަރު ފަބިއޯ މުގުރާލައިފިއެވެ.
އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު ގިނަ ދުވަސްތަކެއް ވަންދެން އޮތީ އިންގްލެންޑްގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަތުގައެވެ. އެއީ 1391 މެޗު ކުޅެގެންނެވެ. ޝިލްޓަންގެ ރެކޯޑަކީ 1966 އިން 1997 ވަނަ އަހަރާ ދެމެދު ކުޅެގެން ހަދާފައިވާ ރެކޯޑެކެވެ. އޭނާގެ ރެކޯޑަށް މެޗު ކުޅުނު އަދަދާމެދު ބައެއް ހިޔާލު ތަފާތުވުންތަކެއްވެސް އެބައޮތެވެ.
ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނަސް ވޯލްޑް ރެކޯޑްސްއިން ބުނަނީ ޝިލްޓަންގެ މެޗު އަދަދަކީ 1390 ކަމަށެވެ. ޝިލްޓަން ބުނާ އަދަދަކީ 1387 މެޗު ކަމަށެވެ. ޝިލްޓަން ބުނީ ގިނަސް ވޯލްޑް ރެކޯޑްސްއިން އޭނާ ކުޅުނު ނުރަސްމީ 16 މެޗެއް ގުނާފައިވާ ކަމަށެވެ.
ބްރެޒިލްގެ ކީޕަރު، އުމުރުން 44 އަހަރުގެ ފަބިއޯގެ ކެރިއަރުގައި މިހިނގަނީ 28 ވަނަ އަހަރެވެ. އޭނާ ވަނީ ބްރެޒިލްގެ ކްލަބުތައް ކަމަށްވާ އުނިއާއޯ ބަންޑެއިރާންޓޭއާއި ވަސްކޯ ޑަ ގަމާ އަދި ކްރުޒޭރޯއާއި ފްލުމިނެންސޭއަށްވެސް ކުޅެފައެވެ.
ފަބިއޯގެ ކާމިޔާބީ ފާހަގަކުރުމަށް ފްލުމިނެންސޭއިން މަރަކަނާ ސްޓޭޑިއަމްގައި ހާއްސަ ޓްރިބިއުޓެއް ދީފައިވެއެވެ. އެއީ ރޭ އެޓީމުން ކުޅުނު ކޮޕާ ސޫދަމެރިކާނާގެ ގަދަ 16 ގެ ދެވަނަ ލެގަށްފަހުއެވެ. އެމެޗުން ފްލުމިނެންސޭ ވަނީ ކްލަބު އެމެރިކާ ކައިރިން މޮޅުވެފައެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް