މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭ އެސްޕަނިޔޯލް އަތުން ބަލިވެއްޖެއެވެ.
އެސްޕަނިޔޯލްގެ ދަނޑުގައި ރޭ ކުުޅުނު މެޗުގައި އެޓީމުން އެތުލެޓިކޯ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެސްޕަނިޔޯލުން ރޭގެ މެޗު ކާމިޔާބުކުރީ ފަހަތުން އަރައެވެ. އެޓީމުން މެޗުގައި ޖެހި ދެ ގޯލުވެސް ކާމިޔާބުކުރީ ފަހުކޮޅުގައެވެ.
ރޭގެ މެޗުގައި އެތުލެޓިކޯގެ ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފު ނިމެން ދަނިކޮށް، 37 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އާޖެންޓީނާގެ ފޯވަޑް ޖޫލިއަން އަލްވަރޭޒްގެ ހިތްގައިމު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް އަލްވަރޭޒް ވަނީ ގޯލަކާ ގާތަށް ޖެހިލައިފައެވެ. ހާފުގެ ކުރީކޮޅުގައި އޭރިއާ ތެރެއިން އޭނާ، ދެ ކުޅުންތެރިން ނައްޓާލާފައި ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.
އެ ފުރުސަތުގެ ބޭނުން ނުކުރެވި ދިޔަތާ މާގިނައިރެއް ނުވެ، 73 ވަނަ މިނެޓުގައި އެސްޕަނިޔޯލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ ހިލޭ ޖަހުމަކުން ހުރަސް ކުރި ބޯޅައެއްގައި މިގޭލް ރޫބިއޯ ޖެހި ގޯލެކެވެ.
މެޗުން މޮޅުވާން އެސްޕަނިޔޯލް ޖެހި ގޯލަކީ، ނިމެން އެންމެ ފަސް ވަރަކަށް މިނެޓަށްވެފައި ހުއްޓައި، ޕެރޭ މިލާ ޖެހި ގޯލެކެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ