ބަޔާން މިޔުނިކަށް ކުޅެމުންދިޔަ ފްރާންސްގެ ފޯވަޑު ކިންގްސްލީ ކޯމަން، އެ ކްލަބު ދޫކޮށް، ސައުދީ އަރަބިއާގެ އަލް ނަސްރާ ގުޅިއްޖެއެވެ.

އުމުރުން 29 އަހަރުގެ ކޯމަން، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާ ގުޅުނުކަން އިއުލާނު ކުރަމުން އެ ކްލަބުން ބުނީ އެއްބަސްވުން ހަދާފައި ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ.

ކޯމަން އަލް ނަސްރާ ގުޅުނުކަން ޔަގީންކޮށްދެމުން އެ ކްލަބުން ބުނީ 10 އަހަރު ދުވަހު ކޮށްދިން ހިދުމަތް ބަލައިގަންނަ ކަމަށާއި، ކޯމަންއަށް އެދެނީ ކާމިޔާބީއަށް ކަމަށެވެ. ކޯމަން ބަޔާނާއެކު ނުވަ ފަހަރަށް ޖަރުމަނުގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕުވެސް ހޯދައިފައެވެ.

ކޯމަން ފުރަތަމަ ބަޔާނަށް ދިޔައީ ޔުވެންޓަސްގެ ލޯނު އެއްބަސްވުމެއްގައެވެ. އެއީ 2015 ވަނަ އަހަރުއެވެ. އެފަހަރު ލޯނަށް ދެ ސީޒަން ކުޅުމަށްފަހު، ބަޔާނުން ވަނީ ކޯމަންގެ ޓްރާންސްފާ ދާއިމީ ކޮށްފައެވެ.