ބ. އޭދަފުށީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ކުއޭ ވޯލް އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 64.67 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
  • 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  • 402 މީޓަރުގެ އެއްގަމުތޮށިލުން.
  • 170 މީޓަރުގެ ބޭރުތޮށިލުން.
  • ބަނދަރުގެ 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން.
  • 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން.
  • 18 މީޓަރު ދިގު، ދެ މީޓަރު ފުޅާ ބުރިޖެއް ހެދުން.
  • 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުން.