ދިވެހި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމާއި 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމަށް ކޯޗުން ހޯދުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނު ކޮށްފިއެވެ.
ފުޓްސަލް ކޯޗު ހޯދުމަށް ކޮށްފައިވާ އިއުލާނުގައި މަގާމަށް ޝަރުތުތައް ވެސް ހިމަނާފައިވެއެވެ. އެގޮތުން އޭއެފްސީ ފުޓްސަލް ލެވެެލް ދޭއް ފުރިހަމަކޮށްފައިވާ ކޯޗުކަށްވުމުގެ އިތުރުން އެލީޓް ފުޓްސަލް ޓީމަކަށް ނޫނީ ގައުމީ ޓީމަކަށް މީގެ ކުރިން ކޯޗުކަން ކޮށްދިނުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ފުޓްސަލް ކޯޗިންގެ ހުނަރު ހުރި، ލީޑާޝިޕް ރަނގަޅު ޓީމެއް ގެންގުޅެވޭނެ ފެންވަރުގެ ކޯޗަކަށްވުން ވެސް ލާޒިމުކޮށްފައިވެއެވެ. ފުލް ޓައިމް ކޯޗަކަށް އިއުލާނު ކޮށްފައިވާ އިރު، ގައުމީ ޓީމުގެ ކޭމްޕުތަކާއި މުބާރާތްތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ ކޯޗަކަށް ވާންވެސް ޖެހެއެވެ.
މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު، އައިޑީ ކާޑް ނުވަތަ ޕާސްވޯޑުގެ ކޮޕީއާ އެކު، މިމަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމަށްވެސް އެދިފައިވެއެވެ.
ގައުމީ ޒުވާން ފުޓުބޯޅަ ޓީމު، 17 އަހަރުން ދަށުގެ ޓީމަށް ކޯޗު ހޯދަން ކޮށްފައިވާ އިއުލާނުގައި ބުނީ އޭއެފްސީ އޭ ލައިސަންސް ކޯޗަކަށް ވުމުގެ އިތުރުން 5-10 އަހަރާ ދެމެދު ޔޫތު ކޯޗިންގެ ތަޖުރިބާ ހުރި ކޯޗަކަށް ވާން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ކުޅުންތެރިންގެ ހުނަރު ދެނެގަތުމަށް، ސްކައުޓިންގެ ކަންކަމަށް އަހުލުވެރި ކޯޗަކަށް ވުން ވެސް ހިމެނެއެވެ.
ކޯޗުގެ ޒިންމާތަކުގެ ތެރޭގައި ޓީމެއް ބިނާކުރުމުގައި 17 އަހަރުން ދަށުގެ ޓީމާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ހިމަނާފައިވާ އިރު، ފުޓުބޯޅަ މައިގަނޑުކޮށް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭންވެސް ކޯޗަށް ޖެހޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުންވެސް ސީވީއާއެކު، އައިޑީ ކާޑް ނުވަތަ ޕާސްވޯޑުގެ ކޮޕީއާއެކު، މިމަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އެދިފައިވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް