ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ނެރުމައްޗަށް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި އެކަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރި މިއަދު ހެނދުނު 8:55 ހާއިރު އެވެ. އަދި އެ ހާދިސާ ހިނގިރު އެ ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ.
މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
އެ ދޯނިން ދަތުރުކުރި 4 މީހުންވެސް މިހާރުވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ. އެމީހާ މަރުވީ ހާލުދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހެނދުނު 10:30 ކަން ހާއިރު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އާއިޝަތު މާހާ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި