ކޯޗު ރުބެން އަމޯރިމްއަށް ކުޅުންތެރިންގެ އިތުބާރު އެބައޮތް ކަމަށާއި، އޭނާއަކީ އަދިވެސް މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ކަމުދާ ކޯޗު ކަމަށް މިޑްފީލްޑަރު މެނުއަލް އުގާޓޭ ބުނެފިއެވެ.
އަމޯރިމް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައެވެ. އޭރުވެސް ޔުނައިޓެޑް އުނދަގޫ ހާލަތެއްގައި އޮތް އިރު، އަމޯރިމްއާއެކުވެސް އެޓީމަށް ހާލަތު ރަނގަޅެއް ނުކުރެވުނެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ކުޅުނު 27 ލީގު މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވީ އެންމެ ހަތް މެޗުންނެވެ.
ޔޫރޮޕާ ލީގުގެ ފައިނަލް ޔުނައިޓެޑް ދިޔަ ނަމަވެސް، އެޓީމު ވަނީ ޓޮޓެންހަމް ކައިރިން ބަލިވެފައެވެ. އެއާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށްވެސް އެޓީމަށް ފުރުސަތު ގެއްލުނެވެ.
"އަހަރެމެން އެބަ ޖެހޭ ކަންތައްތައް ރަނގަޅުކުރަން. އަހަރެމެން މިތިބީ ކަންކަން ރަނގަޅުކުރަން ތައްޔާރުވެގެން. އަހަރެމެން ކޯޗަށް ފުރިހަމައަށް އިތުބާރުކުރަން. އަހަރެމެންނަށް އެނގޭ ކޯޗު ބޭނުންވާ ނަތީޖާ. އެއީ މުހިއްމުވެސް ކަމެއް. ކޯޗާއި ކުޅުންތެރިންނާ ދެމެދު ގުޅުމެއް ބަދަހިވާން އަހަރެމެންނަށް ކުޑަ ވަގުތުކޮޅެއް ނަގާނެ. އެހެންވިޔަސް އަމޯރިމްއަކީ ޔުނައިޓެޑަށް އެންމެ ރަނގަޅު ޗޮއިސް،" އުގާޓޭ ބުންޏެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަނަށް ތައްޔާރުވަމުންދާ އިރު، ޔުނައިޓެޑުން މިހާރު ދަނީ ޕްރި ސީޒަން މެޗުތައް ކުޅެމުންނެވެ. އެޓީމުން އަދި ޕްރި ސީޒަނުގައި އެމެރިކާގައި ބޯންމައުތާއި އެވަޓަންއާ ދެކޮޅަށް ކުޅެން ޖެހެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް