ސްރީ ލަންކާގެ ކޮލަމްބޯގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ޕާކިސްތާން އަދި ބޫޓާން ހިމެނިއްޖެއެވެ.
ސާފް 17 އަހަރުން ދަށުގެ މުބާރާތް މިފަހަރު ކޮލަމްބޯގައި ކުރިއަށްދާނީ ސެޕްޓެމްބަރު 15 އިން 27 އަށެވެ. ޖުމުލަ ހަތް ޓީމާއެކު ފަށަން ތައްޔާރުވެފައިވާ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމެވެ.
އެއީ ހޯސްޓް ސްރީ ލަންކާއާއި ބަންގްލަދޭޝް އަދި ނޭޕާލެވެ.
ރާއްޖެއާ އެއް ގްރޫޕެއްގައި އޮތް އިންޑިއާއަކީ ސާފް 17 އަހަރުން ދަށު މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އަދި އެއީ އެންމެފަހުން އެ އުމުރު ފުރާއަށް މުބާރާތް ބޭއްވި ދެ ފަހަރުގެ ވެސް ޗެމްޕިއަން ޓީމެވެ. އެއީ 2022 އަދި 2024 ވަނަ އަހަރުއެވެ.
އޭގެ ކުރިން 15 އަހަރުން ދަށަށް ބޭއްވި 2019 ގައިވެސް އިންޑިއާއިން ތަށި ނަގާފައިވާ އިރު، 16 އަހަރުން ދަށް ބޭއްވި ދެ ފަހަރު ވެސް އިންޑިއާއިން ތަށި ނެގިއެވެ. އެއީ 2013 އާއި 2023 ވަނަ އަހަރުއެވެ.
ރާއްޖެއަށް އުމުރުފުރާ މުބާރާތުން މިހާތަނަށް އެންމެ ރަނގަޅު ކާމިޔާބީއެއްވެސް ހޯދުނީ 16 އަހަރުން ދަށަށް ބޭއްވި 2023 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖެ ވަނީ ސެމީ ފައިނަލަށް ގޮސްފައެވެ.
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް