ސްރީ ލަންކާގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި އިއްޔެ ޕާކިސްތާނު ކައިރިންވެސް ބަލިވެ، މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
މިއަހަރުގެ ސާފް 17 އަހަރުން ދަށުގެ މުބާރާތް ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިއަށްދާ އިރު، އިއްޔެ ރާއްޖެއިން ޕާކިސްތާނު ކައިރިން ބަލިވީ 5-2 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ރާއްޖެއިން ކުޅުނު މެޗުގައި ވަރުގަދަ އިންޑިއާ ކައިރިން 6-0 އިން ބަލިވެފައި އޮތް އިރު، އެ ނަތީޖާއާއެކު ރާއްޖެއަށް ދެ މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ރާއްޖެއަށް ސެމީގެ ފުރުސަތު އެއްކޮށް ގެއްލުނީ ރޭ ބޫޓާނުން އިންޑިއާ ބަލިކުރުމުންނެވެ. ބޫޓާން ކައިރިން އިންޑިއާ ރޭ މޮޅުވީ 1-0 އިންނެވެ.
ރާއްޖެއިން ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުއެވެ.
މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ޝަޔާން ޝިފާއުއާއި އަލީ އިލާނެވެ. ޕާކިސްތާނުގެ މަންސޫރު އަހުމަދު ހެޓްރިކް ހެދި އިރު، އަނެއް ދެގޯލުވެސް ޖެހީ މުހައްމަދު އަބްދުﷲއެވެ.
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް
ސާފް 17 އަހަރުން ދަށުގެ މުބާރާތް