ލިވަޕޫލުން ގެންދަން މަސައްކަތް ކުރަމުންދާ ސްވިޑެންގެ ތަރި، އެލެކްސެންޑްރާ އިސާކް، އަންނަ ސީޒަނުގައި ވެސް ނިއުކާސަލްގައި ހުންނާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ކޯޗު އެޑީ ހޯވް ބުނެފިއެވެ.
ނިއުކާސަލްއިން ވެސް އާ ފޯވަޑަކަށް މަސައްކަތް ކުރަމުން އަންނަ އިރު، ލިވަޕޫލުން ވެސް އަންނަނީ ފޯވަޑަކަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ބޮޑު ޓާގެޓަކީ ނިއުކާސަލްގެ އިސާކެވެ.
ނޫސްތަކުން ބުނީ ނިއުކާސަލްއިން އިސާކް ވިއްކައިނުލާނެ ކަމަށް ބުނަމުން އަންނަ ކަމަށާއި ލިވަޕޫލަށް ބޮޑު އަގެއް ހުށަހަޅަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ނިއުކާސަލްއިން ލިވަޕޫލް ކިބައިން އެދޭނެ ކަމަށް ބެލެވޭ އަގަކީވެސް 130 މިލިއަން ޕައުންޑް ކަމަށް ބެލެވޭ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
އިސާކްގެ އަގު ބޮޑުވުމުން ލިވަޕޫލުން މިހާރު މަސައްކަތް ކުރަނީ ނިއުކާސަލްއިން ހޯދަން މަސައްކަތް ކުރާ ފްރާންސް ފޯވަޑް، ހޫގޯ އެންޓީކޭ ހޯދުމަށެވެ. އެގޮތުން ނިއުކާސަލްއިން ކުރި ބިޑް، ލިވަޕޫލުން ހައިޖެކް ކުރި ކަމަށްވެސް ނޫސްތައް ބުނެއެވެ.
"އަހަންނަށްވެސް 100 ޕަސެންޓް ޔަގީންކަން ދޭން އުނދަގޫވާނެ. އެއީ ކުޅުންތެރިއެއްގެ ކުރިމަގަކީ ކުޅުންތެރިން އަމިއްލައަށް ނިންމާ ކަންކަމަށް ވާތީ. އެހެންވީމަ އެހެނެއް ނުބުނާނަން. އެހެންވިޔަސް ޔަގީންކަމާއެކު ބުނާނަން އިސާކް މި ކްލަބުގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް. އޭނާ މި ކްލަބުގެ ކުޅުންތެރިންނާ ވަރަށް ބޮޑަށް ގަޔާވޭ. ސްޓާފުންނާ ގުޅުން ބަދަހި. އަހަންނަށް ބޮޑު ޔަގީންކަމެއް އިސާކް މަޑުރާނެ ކަމަށް،" ހޯވް ބުންޏެވެ.
ނިއުކާސަލްއިން ސީޒަނަށް ތައްޔާރުވާން ކުޅުނު ފުރަތަމަ އެކުވެރިކަމުގައި މެޗުގައި ސެލްޓިކް ކައިރިން 4-0 އިން ބަލިވި އިރު، އެ މެޗުގައި އިސާކް ފެނިގެން ގޮސްފައެއް ނުވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް