މިރޭ އޮންނަ ކްލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނާނީ "ރާޒުވާ މެޗަކަށް" ތައްޔާރުވެގެން ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ޗެލްސީއާ ދެކޮޅަށް މިރޭ ނުކުންނަ ޕީއެސްޖީއަކީ މިވަގުތު ޔޫރަޕްގައި އެންމެ ފޯމު ރަނގަޅުކޮށް އޮތް ޓީމެވެ. ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އެޓީމާ ދެކޮޅަށް ނުކުތް އިނގިރޭސި ހުރިހާ ކްލަބުތަކެއްވެސް ބަލިކޮށްފައެވެ.
މިފަހަރުގެ ކްލަބު ވޯލްޑް ކަޕުގެ ފައިނަލަށްވެސް ޕީއެސްޖީ ނުކުންނަނީ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްވެސް ކަޓުވާލައިފައެވެ.
"އަހަންނަކީ އަބަދުވެސް ރާޒުވާއަށް ވަރަށް ޝައުގުވެރި ކޯޗެއް. އަހަންނަށް ރާޒުވާއާއި ފުޓުބޯޅައިގެ ގުޅުން އަބަދުވެސް ފާހަގަކުރެވޭނެ. އެއީ ފުޓުބޯޅައިގެ ޓެކްނިކަލް ލެވެލްއަކީ ރާޒުވާ ކުޅިބައެއް އަތުރައިގެން ކުޅުން ކަހަލަ ކަމެއް. އެކަހަލަ ޓެކްޓިކަލް މެޗަކަށް ޕީއެސްޖީއާ ދެކޮޅަށް މި ނުކުންނަނީ،" މަރެސްކާ ބުންޏެވެ.
މަރެސްކާ ބުނީ ޕީއެސްޖީ ކޯޗު ލުއިސް އެންރިކޭއާ ދެކޮޅަށް ކުޅޭ ރާޒުވާ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި، އެންރިކޭ ޕީއެސްޖީއާށް ގެނެސްފައި ވަނީ ނަމޫނާ ބަދަލެއް ކަމަށެވެ. އަދި ޕެޕް ގާޑިއޯލާއާއެކު އެންރިކޭއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުން ކަމަށް މަރެސްކާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ