ފީފާއިން އިއުލާނުކުރާ ފީފާ ރޭންކިންގައި ރާއްޖެ، ހަތް ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.
މިމަހުގެ 10 ވަނަ ދުވަހު ފީފާއިން ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 171 ވަނައިގައެވެ. އޭގެ ކުރިން ނެރުު ރޭންކިންގައި 164 ވަނައިގައި ރާއްޖެ އޮތް އިރު، ނިމިދިޔަ ދުވަސްތަކުގެ ފީފާ ވިންޑޯގައި ރާއްޖެއިން ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
ރާއްޖެ އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ އިރު، އެކުވެރިކަމުގެ މެޗުތަކުގައި ބަންގްލަދޭޝާއި އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކުންވެސް ވީ ބައްޔެވެ. އޭގެ އިތުރުން ކޮލިފިކޭޝަންގައި ފިލިޕީންސާއި ޓިމޯ ލެސްޓޭ ކައިރިންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.
މިއީ މިދިޔަ ފަސް އަހަރު ތެރޭގައި ރާއްޖެ ފީފާ ރޭންކިންގައި އެންމެ ދަށަށް ދިޔަ ފަހަރެވެ. އެންމެފަހުން 170 ގެ ތެރެއަށް ރާއްޖެ ދިޔައީ 2016 ގައެވެ. އެފަހަރު 174 ވަނަ އަށް ރާއްޖެ ސޮއްސާލި އިރު، އެންމެ ދަށްކޮށް ރޭންކް ކުރެވިފައި އޮތީ 1997 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖެއިން ވަނީ 183 ވަނައަށް ސޮއްސާލައިފައެވެ.
މިހާރު ފުޓުބޯޅަ އޮތް ހާލަތުން އެހިސާބަށް ރާއްޖެ ދިޔުންވެސް އެކަށީގެންވާ އިރު، 2025 ވަނަ އަހަރު ރާއްޖައަށް ހޯދުނު އެންމެ ރަނގަޅު ރޭންކިންނަކީ 164 ވަނަ އެވެ.
ސާފް ސަރަހައްދު ގައުމުތަކަށް ބަލާ އިރު، މި ސަރަހައްދުން އެންމެ މަތީގައި އޮތީ އިންޑިއާއެވެ. އިންޑިއާ 133 ވަނައަށް ވެއްޓިފައިވާ އިރު، ދެވަނައިގައި އޮތީ ރާއްޖެއެވެ. ނޭޕާލް، 176 ވަނައިގައި އޮތް އިރު، ބަންގްލަދޭޝް އޮތީ 184 ވަނައިގައެވެ. ބޫޓާން 186 ވަނައިގައި އޮތް އިރު، ލަންކާ އޮތީ 196 ވަނައިގައެވެ. އެންމެ ފުލުން އޮތް ޕާކިސްތާނު އޮތީ 201 ވަނައިގައެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ސީނިއަރ ގައުމީ ޓީމް އުވާލާފަ ޖުނިއަރ ކުޅުންތެރިން ނަގާ ކުރިއަށް ނެރޭ! ޕުރޮމިސިންގ ސީނިއަރޓީމެއް މިހާރަކު ނެތް، އުމުރުން ދުވަސްވެފަ ތިބި ކުޅުންތެރިންތަކެއް މިހާރުތިބީ އެމީހުނަކަށް ހާލަތެއް ބަދަލްނުކުރެވޭނެ. ރަނގަޅު ބޭރުގެ ޓަފް ކޯޗަކު ގެނެސް އަންޑަރ 18 ޓީމުން ސުޓާޓުކުރޭ!
ޒޭންސު - 11 މަސް ކުރިން