ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިރާގުން ބުނީ އެ އޮފާގެ ދަށުން ސްވިޒަލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޗައިނާގެ ޝަންހާއީ ޑިޒްނީލޭންޑަށް އައިލާއާއެކު (ދެ މީހުންނާއި ދެ ކުޑަކުދިން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޯސްޓްޕެއިޑް 450 އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ނުވަތަ ދިރާގު ލިމިޓެއް ނެތް ފައިބާ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ. އެ ފުރުސަތު ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށް އަދި އާ ކަސްޓަމަރުންނަށް މިމަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއް ނެތް ފައިބާ ޕެކޭޖުތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު