ބްރައިޓަންއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް ޖާއޯ ޕެޑްރޯ ގެންދަން ޗެލްސީން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އިނގިރޭސި މީޑިއާތަކުން ބުނީ ޕެޑްރޯ ގެންދަން ޗެލްސީން އެއްބަސްވެފައިވާ އަގަކީ 60 މިލިއަން ޕައުންޑްގެ އަގެއް ކަމަށެވެ. އަދި ޗެލްސީއާއެކު ޕެޑްރޯ ސޮއިކުރަން ނިންމާފައި ވަނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
އުމުރުން 23 އަހަރުގެ ބްރައިޓަން ފޯވަޑް އެ ކްލަބާ ގުޅުނީ 2023 ވަނަ އަހަރު ވޮޓްފޯޑުންނެވެ. ބްރައިޓަންގައި ޕެޑްރޯ ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި ޕެޑްރޯ ވަނީ 70 މެޗުގައި ކުޅެ، 30 ގޯލު ޖަހައިފައެވެ. އޭގެ އިތުރުން 10 އެސިސްޓްވެސް ޕެޑްރޯ ފުރިހަމަކޮށްފައިވެއެވެ.
ޕެޑްރޯ ގެންދަން ޗެލްސީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހުރިހާ ކަމެއް އަވަހަށް ނިންމާލެވިއްޖެނަމަ، ޗެލްސީން ކްލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކުޅޭ މެޗުގައި އޭނާ ފެނިދާނެއެވެ. ޗެލްސީން ކްލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް