ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު، އިދިކޮޅު އެމްޑީޕީއަށް "ގެއްލުވައިލާނެ" ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ބުނެ ހުށަހެޅި އިމްތިޔާޒުގެ މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން ތިބޭނެ ފަސް ފަނި ފޮނުވާފައި އެމްޑީޕީއަށް، ފަސް ފަޅި. މިއަންނަ ލޯކަލް ކައުންސިލް އެއްކޮށް ގެއްލުވައިލާނަން، އެއްކޮށް ގެއްލުވައިލާނަން،" ފަލާހު ވިދާޅުވި އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރަށްވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެ ޕާޓީއަށް އެނގޭނީ މޮޅު ވާހަކަ ދައްކަން އެކަނި ކަމަށް ފަލާހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ދެން އޮންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.