ޓޮޓެންހަމްއަށް ކުޅެމުންދާ ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހިއުން-މިންގެ ކުރިމަގާ މެދު ގޮތެއް ނިންމަން، އޭޝިއާ ދަތުރު ފަހަށް ތާވަލުކޮށްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ކޮރެއާ ފޯވަޑް ސޮން، ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. 2015 ވަނަ އަހަރު ބަޔާން ލެވަކޫސަންއިން ޓޮޓެންހަމްއާ ގުޅުނު ފަހުން، ސޮން ވަނީ އެ ކްލަބަށް 454 މެޗުން 173 ގޯލު ޖަހައިދީފައެވެ.
ސޮން ދާދިފަހުން ޓޮޓެންހަމްއާއެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ އިރު، އެއީ އޭނާ އެ ކްލަބާއެކު ހޯދި ފުރަތަމަ ތަށްޓެވެ. އެ ތަށްޓާއެކު ސޮން ޓޮޓެންހަމް ދޫކޮށްލަން ވިސްނާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އޭނާއަށް ސައުދީ ކްލަބުތަކުގެ އިތުރުން ޖޯސޭ މޮރީނިއޯގެ ފެނެބާޗޭން ދަނީ ލޯ އަޅަމުންނެވެ.
ސޮންއަކީ ކްލަބު ލެޖެންޑެއްގެ އިތުރުން މުޅި އޭޝިއާގެ އެންމެ މަގުބޫލު އެއް ކުޅުންތެރިޔާއެވެ. ޓޮޓެންހަމްގެ އޭޝިއާ ޓުއާއަށް ސޮންގެ ބޭނުންކޮށް، މެޗުތަކުގެ ޓިކެޓް ވިއްކުން ޕްރޮމޯޓް ކޮށްފައިވާ އިރު، އޭނާގެ ނިންމުން ފަސްކުރީ މެޗުތައް އިންތިޒާމުކުރާ ފަރާތްތަކަށް ބަލާފައި ކަމަށް ނޫސްތައް ބުނެއެވެ.
ޓޮޓެންހަމްއިން އާ ކޯޗު ތޯމަސް ފްރޭންކާއެކު ޕްރި ސީޒަނަށް ތައްޔާރުވަމުންދާ އިރު، އަންނަ މަހުގެ 31 ވަނަ ދުވަހު ހޮން ކޮންގުގައި އާސެނަލާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ވަނީ ރާވާފައިވެއެވެ. ދެން އޭގެ ތިން ދުވަސް ފަހުން ނިއުކާސަލްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުގައި ނުކުންނާނީ ސޮންގެ ގައުމު، ދެކުނު ކޮރެއާގައެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް