މެންޗެސްޓާ ސިޓީން ބޭނުންވަނީ ޖެކް ގްރީލިޝް ވިއްކާލަން ކަމަށާއި އެކަމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ނޫސްތަކުން ބުނެފިއެވެ.
އިނގިރޭސި މީޑިއާތަކުން ބުނީ އުމުރުން 29 އަހަރުގެ ގްރީލިޝް މި ވަގުތު ސިޓީއާ ދޭތެރޭ ވަކި ގޮތެއް ނުނިންމާ ކަމަށާއި އަންނަ ސީޒަނާމެދު ގޮތެއް ނިންމަން އަދި ބޭނުންނުވާ ކަމަށެވެ. ސިޓީ އާއެކު މަޝްވަރާތައް ފަށަން ގްރީލިޝް ތައްޔާރުވަމުންދާއިރު، ހަބަރުތައް ބުނާ ގޮތުން ގްރީލިޝްގެ ޑިމާންޑަކީ ހަފުތާއަކު ތިން ލައްކަ ޕައުންޑްގެ މުސާރައެކެވެ.
ގްރީލިޝް ވިއްކާލަން ސިޓީން ތައްޔާރުވަމުންދާ ކަަމަށް އިތުބާރު ނޫސްތަކުން ބުނަމުންދާ އިރު، އެ ޓީމުން ނެގި ކްލަބު ވޯލްޑް ކަޕް ސްކޮޑުގައިވެސް ގްރީލިޝް ހިމަނާފައެއް ނުވެއެވެ.
ކުރިން އެސްޓަން ވިލާއަށް ކުޅުނު ގްރީލިޝް، ސިޓީއަށް ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެއީ އިނގިރޭސި ރެކޯޑު އަގެއް ކަމަށްވާ 100 މިލިއަން ޕައުންޑަށެވެ.
ސިޓީ އާއެކު ކުޅުނު ފުރަތަމަ ދެތިން ސީޒަނުގައި ގްރީލިޝް ވަނީ އެ ކްލަބުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. ސިޓީ އާއެކު ގްރީލިޝް ވަނީ ތިން ލީގު ތަށި، އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕްވެސް ހޯދައިފައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ