އިންޓަ މިލާނާއެކު ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީއާ ކުރިމަތިވި ސިމޯން އިންޒާގީ އެ ކްލަބު ދޫކޮށްލައިފިއެވެ.
ފިލީޕޭ އިންޒާގީގެ ކޮއްކޮ، ސިމޯން އިންޒާގީ އިންޓައާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އެއްފަހަރު އެއްބަސްވުން އާކޮށްފައިވާ އިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.
އިންޒާގީ އިންޓައާ ވަކިވީ ދެފަރާތުން އެއްބަސްވެގެންނެވެ.
އެ ނިންމުމާއެކު އިންޒާގީ އިތުރު ވަޒީފާއެއް ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު، އިތުބާރު ނޫސްތަކުން ބުނީ މިވަގުތު އޭނާ ސައުދީ އަރަބިއާގެ އަލް ހިލާލާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޒާގީ އަލް ހިލާލްގެ ރައީސާ ބައްދަލުކުރަން ފްރާންސަށް ދިއުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
އެ ބައްދަލުވުން ކާމިޔާބު ވެއްޖެނަމަ، އިންޒާގީ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެފައިވާ އިރު، އެ އެއްބަސްވުމަކީ 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ އެއްބަސްވުމެއްކަމަށް ނޫސްތައް ބުނެއެވެ. އެއްބަސްވުމުގައި ވާގޮތުން އޭނާއަށް ސީޒަނެއްގެ މައްޗަށް 26 މިލިއަން ޕައުންޑް ޖެހޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންޒާގީ ވަނީ އިންޓައާއެކު ޑޮމެސްޓިކް ކާމިޔާބީތައް ހޯދައިފައެވެ. އެހެން ނަމަވެސް، ޔޫރަޕްގައި އޭނާއަށް އަދި ކުރިމަތިވެފައި ވަނީ ނާކާމިޔާބީއާ އެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީ ކައިރިން 5-0 އިން ބަލިވި އިރު، އޭގެ ކުރިން 2023 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި މެންޗެސްޓާ ސިޓީ ކައިރިންވެސް ވީ ބައްޔެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް