ބ. އޭދަފުށީ ބަނދަރު ހެދުމުގެ މަސައްކަތުގެ 87 ޕަސެންޓު މަސައްކަތް ނިންމާލައިފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އޭދަފުށީ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ކުއޭ ވޯލް އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ.
އޭގެ އިތުރުން ކުއޭ ވޯލް ކެޕިންގެ ކޮންކްރީޓް މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 64.67 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
- 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
- 402 މީޓަރުގެ އެއްގަމުތޮށިލުން.
- 170 މީޓަރުގެ ބޭރުތޮށިލުން.
- ބަނދަރުގެ 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން.
- 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން.
- 18 މީޓަރު ދިގު، ދެ މީޓަރު ފުޅާ ބުރިޖެއް ހެދުން.
- 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުން.
ފާތިމަތު ލިއުޝާ
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި