އެފްއޭއެމްއިން ރާވައި އިންތިޒާމުކުރަމުން އަންނަ އެފްއޭއެމް ލީގު ކަޕް 2025 ގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބު ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
މީގެ ކުރިން ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައި އޮތް މާޒިޔާއިން ރޭ ކުޅުނު މެޗުގައި މަހިބަދޫ ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު މާޒިޔާއިން ލީގު ބުރުގެ އެއްވަނައާ ގާތަށް ޖެހިލައިފައިވާ އިރު، އެޓީމަށް މިހާރުވެސް ވަނީ ސެމީ ޔަގީން ވެފައެވެ. ލީގު ކަޕްގެ ސެމީއަށް ދާނީ ލީގު ބުރުގެ ގަދަ ހަތަރު ޓީމެވެ.
ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން މާޒިޔާއިން ޑޮމިނޭޓް ކޮށްފައިވާ އިރު، ފުރަތަމަ 11 އަށް ނުކުމެ މުހައްމަދު އިލާން އިމްރާން ވަނީ ކުރީކޮޅުގައި ނުރައްކާ ކޮށްފައެވެ. އޭގެއިތުރުން އަލީ ފާސިރު (ސެންޓޭ) ގެ ބާރު ހަމަލާއެއްވެސް ފެނިގެން ގޮސްފައިވާ އިރު، އެ ދެ ބޯޅަވެސް ހުއްޓުވީ މަހިބަދޫގެ ކީޕަރު އަބްދު ޔާމީނެވެ.
އޭގެ އިތުރުން ސެންޓޭގެ ހަމަލާއަކާއި އަހުމަދު އައިހަމް (ފަތޯ)ގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، މާޒިޔާއިން ލީޑު ނެގީ ޕެނަލްޓީއެއްގަ އެވެ. ސެންޓޭގެ ޕެނަލްޓީން ލީޑު ނަގައި މާޒިޔާއިން ކުޅެމުން ގޮސް، ހާފު ނިންމާލީ އިތުރު ތިން ގޯލު ޖަހައިގެންނެވެ.
އެ ގޯލުތައް ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ނާއިޒް ހަސަން (ދާދު) އެވެ. ހަންނަ ވަނީ ދެ ގޯލު ޖަހައިފައެވެ.
ދެވަނަ ހާފަށް ނުކުމެވެސް މާޒިޔާއިން ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، ސެންޓޭ ވަނީ ހާފުގެ ކުރީކޮޅުގައި އިތުރު ގޯލެއް ޖަހައިފައެވެ. އޭގެފަހުން މާޒިޔާގެ އަނެއް ދެ ގޯލު ޖެހީ އަބްދުﷲ ލޫތު އިބްރާހީމާއި މުހައްމަދު ޒީކް އަހުމަދެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް