ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބަދަލު ގެނެސްފިއެވެ.
ކޮމިޓީއަށް ބަދަލު ގެނައިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲއެވެ.
އޭނާ ވިދާޅުވީ، ޖުޑިޝަރީން ވެރިކަން ކުރާ ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި ހިމެނިވަޑައިގަންނަވާ މެންބަރު، ފޭދޫ އުތުރު ދާއިރާގެ އިސްމާއިލް ނިޒާރުގެ ބަދަލުގައި، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކޮމިޓީއަށް އަލަށް އައްޔަން ކޮށްފައިވާ ކަމަށެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ އެޖެންޑާކޮށްގެން ޖުޑިޝަރީ ކޮމިޓިގެ ބައްދަލުވުމެއް އިއްޔެ ބާއްވަން ތާވަލް ކުރި ނަމަވެސް އެ ބައްދަލުވުން ބާއްވައިފައެއް ނުވެއެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމުމަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހުއެވެ.
ހަމަ އެދުވަހު އެ މައްސަލަ ތާވަލްކޮށްގެން ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ.
އެދުވަހުގެ ކޮމިޓީ ބައްދަލުވުން ނިންމައިލީ، މައްސަލައަށް ޖަވާބުދާރީ ވުމަށް، ކޮމިޓީއަށް ފަނޑިޔާރުން ހާޒިރުކުރުމާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް ފާސްކޮށްފައެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ނިިންމީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ