އިންޑިއާގެ ހޮޓަލެއްގައި ރޯވެ 14 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ އިރުމަތީ އޮންނަ ވެސްޓް ބެންގާލްގައި ހުންނަ ހޮޓަލުގައި ރޯވި ހާދިސާގައި މަރުވި 14 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަންގާރަ ދުވަހުގެ ރޭ ހިނގި އެހާދިސާގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ އިރު އެމީހުންނަށް އެސަރަހައްދުގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ.
ރިޓޫރާޖް ހޮޓެލް ނަމަކަށް ކިޔާ އެހޮޓަލުގައި ރޯވާން ދިމާވި ސަބަބު އަދި ހޯދިފައި ނުވާއިރު ފުލުހުން ވަނީ އެހާދިސާ ތަހުގީގަށް ހާއްސަ ޓީމެއް އެކުލަވާލައި މަސައްކަތް ފަށައިފައެވެ.
ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ވަނީ ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެޕޯސްޓުގައި މޯދީ ވަނީ އެހާދިސާގައި މަރުވި މީހުންނަށް މާލީ ގޮތުން އެހީވާނެ ކަމަށް ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް