ފަސް މީހުންނާ އެކު ގދ. ގައްދޫން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ 8:00 ހާއިރު ގައްދޫން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދޯނީގައި ތިބީ ފަސް މީހުން ކަމަށާއި އެއީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.
ފުލުހުން ބުނީ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 2:40 ކަމަށާއި އެއިރު ކެޕްޓަން ބުނެފައިވަނީ ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރެވިފައިވާ ކަމަށާއި އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގަން ފުލުހުން އެދިފައިވެއެވެ.
އަލީ އަފާފު ރަމީޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
އިރާޛަކުރެއްވިޔާ ޣަދި ފެންނާނެ ﷲ ޥަނީ ކެއްތެރިންނާޢި އެކުގަ އަޅުގަނޑުގެ އުއްމީޛަކީ ޢެ ފަސް މީޚުން ދިރިހުއްޓާ ފެނުން
މޫޞާ ޜުސްޛީ - 1 އަހަރު ކުރިން