މިދިޔަ އަހަރުތަކުގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މޮޅަށް ކުޅުނު ގައުމީ ޓީމުގެ ވޮލީ ކުޅުންތެރިޔާ އާދަމް ފައިރޫޒް، ދިވެހި ސިފައިން ކްލަބަށް ބަދަލުވެއްޖެއެވެ.

އެޗްޑީސީއަކީ މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެ ކާމިޔާބީގައި ފައިރޫޒްގެ ހިއްސާ ބޮޑެވެ.

އެޗްޑީސީއަށް މިދިޔަ އަހަރު ގެއްލުނީ ގައުމީ ވޮލީ މުބާރާތުގެ ތަށްޓެވެ. ފައިނަލުގައި އެޗްޑީސީ ބަލިކޮށް އެ ތަށި ނެގީ ސިފައިންގެ ކްލަބުންނެވެ.

ސިފައިންގެ ކްލަބުން އިއްޔެ ބުނީ ފައިރޫޒް ޓީމާ ގުޅުމަކީ ލިބުނު ހިތްވަރެއް ކަމަށާއި، ކުރިއަށް އޮތް ސީޒަނުގައި އެޓީމު ފެނިގެން ދާނީ އިތުރަށް ވަރުގަދަކޮށް ކަމަށެވެ.

ފައިރޫޒަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ބްލޮކަރެވެ. ފައުރޫޒް ގައުމީ ޓީމުގެ ކެޕްޓަން ކަންވެސް ކޮށްފައިވާ އިރު، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެން ފަށައިފައެވެ.