ނ. ވެލިދޫގައި ހަދާ ޖޫނިއާ ކޮލެޖު އިމާރާތުގެ 55 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނީ ވެލިދޫގައި ޖޫނިއާ ކޮލެޖެއްގެ ފައުންޑޭޝަނާއި މެޝިނަރީގެ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.
"ބޭރުގެ ވޯލް ޕްލާސްޓާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ 55 އިންސައްތަ މަސައްކަތް ނިމިގެންނެވެ..،" އެމްޓީސީސީން ބުންޏެވެ.
ވެލިދޫގައި ޖޫނިއާ ކޮލެޖަށް ބޭނުންވާ އިމާރާތް ހަދަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓު ދިހަވަނަ ދުވަހުގައެވެ. އެ މަޝްރޫއުގެ ފައުންޑޭޝަން މަސައްކަތް ފެށީ 2023 ޑިސެމްބަރު ތިނެއްގައެވެ. އެ މަޝްރޫއު ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.
އެ މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޖޫނިއާ ކޮލެޖަށް 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތުގެ ތެރޭގައި އިމާރާތުގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯކްޝޮޕް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ