ލީގުގައި ބާކީ ހަ މެޗު އޮއްވާ ޕީއެސްޖީން 11 ވަނަ ފަހަރަށް ފްރާންސް ލީގު ކާމިޔާބުކޮށްފިއެވެ.
މިދިޔަ 13 ސީޒަނުގެ ތެރެއިން 11 ސީޒަން ޕީއެސްޖީން ކާމިޔާބުކޮށްފައިވާ އިރު، އެ ޓީމުން މިރޭ ލީގު ޔަގީންކުރީ 1-0 ގެ ނަތީޖާއަކުން އެންގާސް ކައިރިން މޮޅުވެގެންނެވެ.
މިރޭގެ މޮޅާއެކު ޕީއެސްޖީން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ނެގީ، މިހާތަނަށް ކުޅުނު 28 މެޗުން 74 ޕޮއިންޓާއެކުގައެވެ. މިވަގުތު ދެވަނައިގައި އޮތް މޮނާކޯ މިރޭ ކުޅެމުންދާ މެޗުން މޮޅުވިޔަސް އެޓީމަށް ލިބޭނީ 28 މެޗުން 50 ޕޮއިންޓެވެ.
މިރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުޅުނު މެޗުގެ ހަމައެކަނި ގޯލު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަހައިދިނީ ޑިސައިރޭ ޑޫއޯއެވެ. ކަވީޗާ ކަވަރްޓްޝޭލިއާ ނަގައިދިން ހުރަކުން އޭނާ ޖެހި ގޯލާއެކު ޕީއެސްޖީން ތަށި ޔަގީންކުރީ މެޗުގެ ފަހު ބައިގައިވެސް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެގެންނެވެ.
މިއީ ގިނަ މެޗުތަކެއް ބާކީ އޮއްވައި، ކްލަބަކުން ފްރާންސް ލީގު ނެގި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު ޕީއެސްޖީން އަށް މެޗު އޮއްވައި ލީގު ނެގި އިރު، ލިޔޯންއިން ވަނީ 2007 ވަނަ އަހަރު ހަ މެޗު އޮއްވައި ލީގު ނަގައިފައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ