އައްޑޫ ސިޓީ ހިތަދޫ އާރިކިޅި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އާރިކިޅީގައި ހަބަރު ހުސްވެފައިވާ އޮތް މީހަކު ފެނިގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 9:33 ހާއިރު ކަމަށެވެ.
އެ މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.
ފާތިމަތު ލިއުޝާ
މަރު
މަރު
މަރު