ދިހަ ކޮފީފުޅި ވަގަަށް ނެގި މީހަކު ހަތް ދުވަހަށް ޖަލުގައި ބަންދުކުރުމަށް، ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން، ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ގދ. ގައްދޫ، ކުއްޅަވައްގެ، އިބްރާހިމް ޝާކިރު (43އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފިހާރައަކުން 10 ފުޅި ކޮފީ ވަގަށް ނެގުމުގެ ތުހުމަތުގައެވެ.
ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ޖަހައިފައެވެ.
ވައްކަންކުރި އިތުރު މީހަކު ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ތ. މަޑިފުށި، ހެޕީ ސައިޑް، މުހައްމަދު ޝިޔާޒް (42އ) އެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ދަވާދު ދަޅެއް ވަގަށް ނެގިކަމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހައިފައެވެ.
މީގެ ތެރެއިން ޝިޔާޒަކީ ހައްޔަރު ބަންދުގެ 19 ރެކޯޑެއް އޮތް މީހެކެވެ. އަދި ޝާކިރަކީ ހައްޔަރު ބަންދުގެ 40 ރެކޯޑެއް އޮތް މީހެކެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް