ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރި ނ. މަނަދޫ، ރީހުއްސަބާ/ އަބްދުﷲ ޝިހާދު (37އ) މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހޯދަން އިއުލާންކުރީ މިމަހުގެ 11 ވަނަ ދުވަހުގައެވެ. އެ ދުވަހު ފުލުހުން ބުނެފައިވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އަބްދުﷲ ޝިހާދުގެ ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 12 ވަނަ ދުވަހު އޭނާގެ އާއިލާއިން ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
އަބްދުﷲ ޝިހާދު ފެނިފައިވާކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ނަމަވެސް ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި އަބްދުﷲ ޝިހާދު ހައްޔަރުކޮށް އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން/ ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
ފުލުހުން ވަނީ އަބްދުﷲ ޝިހާދު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ވިޔަފާރިކުރި ކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ހުށަހަޅައިފައެވެ. ކުރިމިނަލް ކޯޓުން ނިންމާފައިވަނީ އެއީ ބަލިކަށި ހެކިތަކެއް ކަމަށެވެ. އެ ހެކިތަކުގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓަކާއި ފުލުހުން އަބްދުﷲ ޝިހާދު ހައްޔަރުކުރި އިރު، އޭނާ ފުލުހުންނަށް ކިޔައިދީފައިވާ ކިޔައިދިނުމެއް ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.
އެ ހެކިތަކަކީ ބަލިކަށި ހެކިތަކެއް ނަމަވެސް ކުރިމިނަލް ކޯޓުން ނިންމީ އަބްދުﷲ ޝިހާދު 10 ދުވަހަށް ބަންދު ކުރުމަށެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ސަބަބުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެތީއެވެ.
މުހައްމަދު އިޝާން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން