ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައި ވަނިކޮށް، ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު، މިސްރުގެ އަހްމަދު ހައްރާޒު، އެކަން މިވަގުތަށް މަޑުޖައްސާލަން އަންގައިފިއެވެ.
ފީފާގެ ފަރާތުން ހައްރާޒު، ކްލަބުތަކަށާއި އެފްއޭއެމްއަށް ރޭ އަންގާފައި ވަނީ ރާއްޖޭގެ މުބާރާތްތައް މިވަގުތަށް މަޑުޖައްސާލުމަށެވެ.
މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށަން އެފްއޭއެމްއިން ތާވަލުކުރި ނަމަވެސް، ސީޒަން ނުފެށި މިހާތަނަށް ވަނީ ބޮޑެތި ލަސްތަކެއް ކުރިމަތިވެފައެވެ. ކްލަބުތަކުގެ ފައިސާގެ ހާލަތާ ގުޅިގެން ސީޒަން ނުފެށި މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެފްއޭއެމް އޮތީވެސް ނޯމަލައިޒޭޝަން ހާލަތުގައެވެ.
އެންމެފަހުން އެފްއޭއެމްއިން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސީޒަން ފަށަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހަށެވެ. އެއީ ޗެރިޓީ ޝީލްޑުން ލީގު ފެށުމަށެވެ. އެފްއޭއެމްއިން އެންމެފަހުން ކްލަބުތަކަށް ދިން ތާވަލުގައި ވަނީ 10 ވަނަ ދުވަހު ލީގު ފެށުމަށެވެ.
ދާދިފަހުން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާފައިވާ އިރު، ފީފާގެ ހައްރާޒުވެސް އެ ބައްދަލުވުމުގައި ބައިވެރިިވެފައިވެއެވެ. އެ ކޮންގްރެސްގައި އެޕީލްސް ކޮމިޓީއާއި އެހެނިހެން ޖުޑިޝަރީ ބޮޑީތައް އެކުލަވާލާފައިވާ އިރު، އެ ކޮންގްރެސްއަށްފަހު ހައްރާޒް ވަނީ ކްލަބުތަކާ ވަކިން ބައްދަލުކޮށް ވޯކްޝޮޕެއް ބާއްވައިފައެވެ.
މިވަގުތު ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތުން ދަރަނި ބޮޑުވުމުގެ އިތުރުން އެހެން ބައެއް ގޮންޖެހުންތައް ހުރުމާއެކު ފީފާއިން ބޮޑަށް ބޭނުންވަނީ އަސާސީ ގަވާއިދު މީގެ އެތައް އަހަރެއް ކުރިން އޮތް ގޮތަށް ބަދަލުކުރުމަށެވެ. އެ ގޮތަށް ބަދަލުކޮށްފިނަމަ، މިވަގުތު އޮތް ކްލަބުތަކުގެ އިތުރުން އަތޮޅު ތެރޭގެ ރީޖަނަލް ވޯޓުތަކަށް އަނެއްކާވެސް ފުރުސަތު ގެއްލޭނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.
އަސާސީ ގަވާއިދު އެގޮތަށް ބަދަލުކޮށް، މިހާރު އޮތް ގޮތުން އަތޮޅު ތެރޭ ރީޖަންތަކަށް ވޯޓު ދެވޭނެ ގޮތަކަށް އޮތް ނަމަވެސް، އެފްއޭއެމްއިން އެ ގަވާއިދަށް އަމަލުކުރަމުން ނުދެއެވެ.
ކްލަބުތަކާއެކު ހައްރާޒު ފަހުން ބޭއްވި ވޯކްޝޮޕްގައި އޭނާ ފުރަތަމަ ބޭނުންވީ ވީ އެންމެ އަވަހަކަށް ސީޒަން ފަށައި، ކުޑަ ބްރޭކެއް ނެގުމަށްފަހު އަަވަހަށް ސީޒަން ނިންމާލުމަށެވެ. އޭނާގެ ކުރީގެ ލަފައަކީ ދެން ކުރިއަށް އޮތް ސީޒަން 2025/26 ވަނަ އަހަރު ސީޒަން އަންނަ އޮގަސްޓް މަހު ފަށަން ނަމަވެސް، ފަހުން އެ ހިޔާލު ބަދަލުވިއެވެ.
ބައެއް ކްލަބުތަކުން ބުނީ ހައްރާޒް މިވަގުތު އަމަލުކުރަނީ "ވަކި އެޖެންޑާ"އެއް ޕްރޮމޯޓް ކުރުމަށެވެ. އެކަމުގައި ފާޑުކިޔުންތައް ހުރި ނަމަވެސް، މިހާރު އޮތް ހާލަތުން ސީޒަން މިހާރު ތާވަލުކޮށްފައިވާ ތާރީހަށްވެސް ނުފެށޭނެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް