ދެކުނު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ރަށެއްގެ ސްކޫލުގައި މަސައްކަތްކުރާ އަންހެން ޓީޗަރަކު، ގްރޭޑް އަށެއްގެ ފިރިހެން ދަރިވަރަކަށް ގްރޫމްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 21 ގައި ކަމަށެވެ.
"މި މައްސަލައާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
މިދިޔަ އަހަރު ސްކޫލު ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ވެސް ފުލުހުން ވަނީ ޓީޗަރަކު ހައްޔަރުކޮށްފައެވެ. އެ ޓީޗަރަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު